މާލެތެރޭގައި ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން

May 6, 2011

ނޫސް ބަޔާން

މާލެތެރޭގައި މިހާރު ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން ހައްޔަރު ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަށް ހިމެނޭތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން އެކަމާ ވަރަށްބޮޑަށް ކަންބޮޑުވެއެވެ.

 މިފަދަހާލަތް ތަކުގައިވެސް ޚަބަރު ފެތުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއިން ގޮވާލަމެވެ. އަދި ޚަބަރު ފެތުރުމުގައި ޙަޤީގަތް ހާމަ ކުރުމަށާއި، ހަމަހަމަކަމާއި އިންސާފަށް ލޯބި ކުރުމަށް މީޑިޔާގެ ހުރިހާ ފަރާތްތަކަށް މި ކޮމިޝަންއިން އިލްތިމާސް ކުރަމެވެ.

06 މެއި 2011