ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފި

February 27, 2014

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުމުގެ އާއްމު ޝަރުތެއްކަމުގައިވާ، ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓަންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން އަންނަނިވި ބައިތައް ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓުގައި ހިމަނައި ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

  • ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން؛
  • ލޯކަލް ކޮންޓެންޓް ހިމެނި މިންވަރު؛
  • ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމްތައް ގެންދެވުނު ނިސްބަތް؛
  • ބްރޯޑްކާސްޓް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވުނު ނިސްބަތް؛
  • ޝެޑިއުލްގައި ޕްރޮގްރާމްތައް ހިމެނިގެންވާ ބައިތަކުގެ (ޖޯންރާ) ތަފްޞީލު ދެނެގަތުމަށްޓަކައި ކޮމިޝަނުން އެކުލަވާލާފައިވާ ފޯމް؛
  • ބްރޯޑްކާސްޓްކުރާ ސްޓޭޝަންގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރާ ނިސްބަތް؛
  • ސްޓޭޝަންގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ ޕްލޭންއާއި ޕްލޭންގައި ކަނޑައަޅާފައިވާ ކަންތައްތައް ހާޞިލު ކުރެވިފައިވާ މިންވަރު؛
  • ޚިދުމަތް ފޯރުކޮށްދެވިފައިވާ އާބާދީގެ ނިސްބަތް އަދި ސަރަޙައްދުތައް؛

ހުރިހާ ބްރޯޑްކާސްޓަރުންނަށް މިކަން ހަދާންކޮށްދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން 19 ފެބުރުއަރީގައި 2014 ވަނީ، ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށެހެޅުމަށް އޮންނަ އެންމެ ފަހު ތާރީޙު ކަމުގައިވާ 28 ފެބްރުއަރީ 2014 ވަނަ ދުވަހުގެ ކުރިން އެ ރިޕޯޓް ކޮމިޝަނަށް ފޮނުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގާފައެވެ.