ރާއްޖޭގައި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރާ (ކޭބަލް ޓީވީގެ ހިދުމަތް ދޭ) ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން

December 18, 2013

427LCM/CIR/2013/20ނަންބަރު:

ސަރކިއުލަރ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރާ (ކޭބަލް ޓީވީގެ ހިދުމަތް ދޭ) ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން

        ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ)އާއި 25 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަކީ ޤާނޫނާ ހިލާފު ކަމެއްކަމުގައި އެގެން އޮންނަހިދު ގިނަ ފަރާތްތަކެއް ލައިސަންސްނެތި އަތޮޅު ތެރޭގައި ޤަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލްޓީވީ) ހިދުމަތް ދެމުންގެންދާކަން މި ކޮމިޝަނަށް ފާހަގަކުރެވި އަދި މި ކަމުގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ. ވުމާއެކު، މި ސަރކިއުލަރ އާއެކު އެޓާޗްކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ލިސްޓްގައި ހިމޭނޭ ފަރާތްތައް ނޫން ފަރާތެއް ތިޔަ ރަށުގައި ރީބްރޯޑްކާސްޓް ކުރާކަމުގައި ވާނަމަ އެ ކަން ވީ އަވަސް ފުރުޞަތެއްގެ ތެރޭގައި މި ކޮމިޝަނަށް އެންގުމަށް އިލްތިމާސް ކުރަމެވެ.

15 ސަފަރު 1435

18 ޑިސެމްބަރ 2013