2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާ ގުޅިގެން، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ އޮއިވަރުގެ ތެރޭގައި އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް

November 14, 2013

                                 ނަންބަރު:  427-BUR/CIR/2013/16

 ސަރކިއުލަރ

           2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާ ގުޅިގެން، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ އޮއިވަރުގެ ތެރޭގައި އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމަހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކުރުމަށް މި ފުރުސަތުގެ ބޭނުން ކުރަމެވެ.

            10 މުޙައްރަމް 1435

            14 ނޮވެމްބަރ 2013