ބްރޯޑްކާސްޓްކުރައްވާ ބައެއް ފަރާތްތަކުން، ފަރުދުންނަށާއި ޖަމާޢަތްތަކާއި މުއައްސަސާތަކުގެ ނަން ބޭނުން ކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން، ވަނަން ބޭނުން ނުކުރުމަށް ކޮމިޝަނުން އެންގުން

March 19, 2015

ނަންބަރު 427-LCM/CIR/2015/7

ސަރކިއުލަރ 

ބްރޯޑްކާސްޓްކުރައްވާ ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ބްރޯޑްކާސްޓްކުރުމުގައި، ފަރުދުންނަށާއި ޖަމާޢަތްތަކާއި މުއައްސަސާތަކުގެ ނަން ބޭނުން ކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން، ވަނަން ބޭނުން ކުރައްވާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ 1 ވަނަ މިންގަނޑުގައި، މީހެއްގެ ނުވަތަ ބައެއްގެ ޙުރުމަތް ކެނޑިދާ ފަދަ ނުވަތަ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރަން ބަޔާންކޮށްފައިވާނެއެވެ.

ވީމާ، މި ކޮމިޝަނުގެ ނަމްބަރ 427-LCM/CIR/2012/14 (6 ސެޕްޓެމްބަރ 2012) ސަރކިއުލަރ އިންވެސް އަންގައިފައިވާނޭ ފަދައިން، ބްރޯޑްކާސްޓްކުރައްވާ ކޮންމެ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި މިންގަނޑުތަކުގެ ދާއިރާގެ ތެރޭގައި ހިފަހައްޓާފައިވާ ކޮންޓެންޓަކަށް ހެދުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

28 ޖުމާދިލްއޫލާ 1436

19 މާރިޗު 2015