ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

December 15, 2013

ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ތިރީގައި މިވަނީ ވީޓީވީގެ އަހަރީ ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ  ރައީސް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ.

“ރާއްޖެޓީވީގެ އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހައި ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި ރާއްޖެޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށްް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

“ބްރޯޑްކާސްޓަރެެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުވައިދިނުމަށާއި މުނިފޫހިފިލުވައިދެއްވުމަށް ތިޔަ ފަރާތުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.”