“ސާކް ބްރޯޑްކާސްޓިން ޑޭ” ފާހަގަ ކުރުމާއި ބެހޭ ކޮންސެޕްޓް ޕޭޕަރ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަލްފާޟިލް އަޙްމަދު ނަސީމާ ހިއްސާ ކުރުން

August 22, 2011

ނޫސް ބަޔާން

“ސާކް ބްރޯޑްކާސްޓިން ޑޭ” ފާހަގަ ކުރުމާ ގުޅޭގޮތުން މިކޮމިޝަނުން ތައްޔާރު ކޮށްފައިވާ ކޮންސެޕްޓް ފޭޕަރ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަލްފާޟިލް އަޙްމަދު ނަސީމާއި ހިއްސާ ކުރުމަށްޓަކައި މިކޮމިޝަންގެ ފަރާތުން މިއަދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އަށް ފޮނުުވައިފައެވެ.

“ސާކް ބްރޯޑްކާސްޓިން ޑޭ” ފާހަގަކުރުމުގެ މަޤްސަދަކީ ބްރޯޑްކާސްޓިންގެ ދާއިރާއިން ސާކުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމާއި އުފެއްދުންތެރި އާ ހިޔާލުތަކާއި އެކުވެރިކަން ޤާއިމްކޮށް، ސާރކު ޤައުމުތަކަކީ ބްރޯޑްކާސްޓިންގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކެއްކަމުގައި ހެދުމެވެ. އަދި ސާކު ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމާއި “ސާކް އޯޑިއޯ ވިޝުއަލް އެކްސްޗޭންޖް” ޕްރޮގްރާމް އިތުރަށް ތަރައްޤީކުރުންވެސް މިދުވަސް ފާހަގަކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ ސަބަބުން ޤައުމު ބިނާކުރުމުގައި ބްރޯޑްކާސްޓަރުންގެ ހިއްސާ އިތުރުވެ، ސާކް ސަރަހައްދުގައި ސުލްހަ މަސަލަސްކަން ޤާއިމްވެ މުޖުތަމަޢު ބިނާކުރުމުގައި ބްރޯޑްކާސްޓަރުންގެ ދައުރު އިތުރަށް ފުޅާވެގެން ދާނެއެވެ.

22 އޯގަސްޓް 2011