ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް ފަރާތެއް ހޮވުން

June 2, 2013

ސަރކިއުލަރ

ޙައްޖުގެ އަޅުކަން ހިނގަމުންދާގޮތް ގެނެސްދިނުމަށް ރާއްޖޭގެ ރޭޑިއޯ/ޓެލެވިޜަން އެނައުންސަރަކަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް 03 ފަރާތެއް ނޮމިނޭޓްކުރުމަށް 12 ސެޕްޓެމްބަރ 2012 ވީ ބުދަ ދުވަހު ކޮމިޝަންގައި ބޭއްވި ގުރުއަތުލުމުން 03 ޗެނަލެއްވަނީ ހޮވާފައެވެ. އަދި އެ 03 ޗެނަލުންވަނީ އެޗެނަލް ތަމްޞީލްކުރާނެ ބޭފުޅެއް ނޮމިނޭޓްކުރައްވާފައެވެ. ނަމަވެސް ދިމާވި ބައެއް ދަތިތަކާހުރެ، މިދިއަ އަހަރުވަނީ އެއްވެސް ފަރާތެއް މިދަތުރުގައި ބައިވެރިވެވޭނެ ގޮތެއް ހަމަނުޖެހިއެވެ.

އެހެންކަމުން، މިހިނގާ 2013ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން “ކަވަރ” ކުރުމަށް ދިވެހި އެނައުންސަރެއް ހޮވުމަށް ނަން ފޮނުވުމަށް ސަޢޫދީ ސަރުކާރުން އެދިލައްވާފައިވާތީ، މިދިޔަ އަހަރު ހޮވުނު 3 ފަރާތުގެ ނަން މިއަހަރު ފޮނުވުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

2 ޖޫން 2013