ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2014)

August 19, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2014)

ޝަކުވާ ނަމްބަރު: SPCOM-01/2014

ޝަކުވާ ހުށެހެޅި ތާރީޙް: 12 ޖޫން 2014

ހުލާސާ: މިއީ، ލިސްޓެޑް އިވެންޓެއް ކަމަށްވާ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް މީޑިއާނެޓް އިން ޤަވާއިދާ ޚިލާފަށް ބްރޯޑްކާސްޓް/ރީބްރޯޑްކާސްޓް ކޮށްފައިވާތީ މިކަމާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެކެވެ.

ނިންމި ގޮތް: ލިސްޓެޑް އިވެންޓެއް ކަމަށް ކަނޑައަޅާފައިވާ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް މީޑިއާނެޓުން ދައްކާފައިވަނީ ރިބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައި، ލިސްޓެޑް އިވެންޓެއް ހިމެނޭ ޗެނެލެއް މީގެ ފަހުން ރީބްރޯޑްކާސްޓްކުރެވޭ އެއްވެސް ޗެނެލެއް މެދުވެރިކޮށް ގެނެސްދޭނަމަ، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 38ވަނަ މާއްދާގެ (ޅ) އާ އެއްގޮތަށް ހެދޭ އެގްރީމްންޓެއްގެ ދަށުން ގެނެސްދިނުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ) ގެ (1)ގެ ދަށުން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށާއި؛

އަދި ކޮންޓެންޓް ގެނެސްދިނުމުގައި ރީބްރޯޑްކާސްޓްކުރި ޗެނެލްގެ ފީޑްއަށް އުނިއިތުރު ގެނެސްފައިވާކަމަށް ސާބިތުވާތީ މިއީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 27ވަނަ މާއްދާގެ (ށ)އާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގެ 6ގެ ދަށުން -/2000ރ (ދެހާސް ރުފިޔާ) އިން މީޑިއާނެޓް ޖޫރިމަނާކުރުމަށާއި؛

އަގު ފާސްކުރުމަކާ ނުލާ “ސޮނީ 6” ޗެނަލް ދެއްކުމަށް ކަސްޓަމަރުން އަތުން ފީނަގާފައިވާކަމަށް ސާބިތުވާތީ މިއީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 32ވަނަ މާއްދާގެ (ހ)އާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖަދުވަލު 2 ގެ 9 ގެ ދަށުން -/2000ރ (ދެހާސް ރުފިޔާ) އިން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

19 އޮގަސްޓް 2015