ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2015)

April 22, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-01/2015)

ޝަކުވާ ނަމްބަރު: SPCOM-01/2015

ޝަކުވާ ހުށެހެޅި ތާރީޙް: 09 މާރިޗު 2015

ހުލާސާ:  މިއީ، 2015 މާރިޗު 8 ވަނަ ދުވަހުގެ ރޭ ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކްރިމިނަލް ކޯޓުގެ ޢާޒީއަކު ކެފޭއެއްގައި ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރިން ނަގާފައިވާ ވީޑިއޯ ގަދަކަމުން ފޮހެލިކަމަށް ބުނެ މީޑިއާގައި ފެތުރުނު ޚަބަރަކާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެކެވެ.

ނިންމި ގޮތް: 8 މާރިޗު 2015 ދުވަހުގެ ރޭ ކެފޭ ލަޔާލީގައި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި ކްރިމިނަލް ކޯޓުގެ ޤާޟީއެއް ތިއްބަވަނިކޮށް ރާއްޖެޓީވީގެ ނޫސްވެރީންގެ ޓީމެއް އެ ކެފޭއަށް ގޮސް ނެގި ވީޑިއޯ ފޮހެލިކަމަށް ބުނާ މައްސަލައިގެ ތަހްޤީޤަށް ބަލާއިރު، ރާއްޖެޓީވީގެ ކެމެރާމަން އެ ކެފޭއަށް ގޮސް ވީޑިއޯކުރިކަމާއި އަދި އެ ވީޑިއޯ ފަހުން ފޮހެލުމަށް މަޖުބޫރުކުރާ ސަބަބުތަކެއް މެދުވެރިވެފައިވާކަމަށް ޤަބޫލުކުރެވޭ ކަމާއި، މި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ހާލަތެއްކަމަށް ކޮމިޝަނަށް ފެނުނު ހިނދު؛ ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ނޫސްވެރީންނަށް ލިބިދީފައި އޮތް ހައްޤު ބިރުވެރިކަމެއް ނެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނޭ ފަދަ މާހައުލެއް ދެމެހެއްޓުމުގެ ގޮތުން މިފަދަ މަޖުބޫރީ ހާލަތްތައް ބްރޯޑްކާސްޓަރުންނަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި މީޑިއާއަށް މެދުވެރި ނުވާނޭ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެ ވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރުމަށް މި މައްސަލަ ނިންމި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

22 އެޕްރީލް 2015