ޝަކުވާ ނިންމި ގޮތުގެ ބަޔާން (SP/COM-2/2014)

February 18, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SP/COM-2/2014)

ޝަކުވާ ނަމްބަރު: SP/COM-2/2014

ޝަކުވާ ހުށެހެޅި ތާރީޙް: 12 ޖޫން 2014

ހުލާސާ: “އައިސް ޓީވީ” އިން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ފާހަގަކުރެވުމާ ގުޅިގެން ކޮމިޝަނުން ބެލި މައްސަލައެކެވެ.

ނިންމި ގޮތް: ލިސްޓެޑް އިވެންޓެއް ކަމަށް ކަނޑައަޅާފައިވާ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ޤަވާއިދާ ޚިލާފަށް ތަފާތު ތިން ޗެނެލް ފީޑެއް ބޭނުންކޮށްގެން ރައިޓްސް ނުހޯދާ އައިސް ޓީވީ އިން ދައްކާފައިވާކަމަށް ސާބިތުވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 26ވަނަ މާއްދާ އަދި 35ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، އެހެން ފަރާތެއްގެ ކޮންޓެންޓެއް ގެނެސްދިނުމުގެ ކުރިން އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު ހޯދުމަށްފަހު މެނުވީ ބްރޯޑްކާސްޓްނުކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ) ގެ (1)ގެ ދަށުން އައިލޭންޑް ކޮމިއުނިކޭޝަން އެންޑް އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށާއި؛

ޤަވާއިދާ ޚިލާފަށް ފީފާ ވޯލްޑް ކަޕް ބްރޯޑްކާސްޓްކުރި މައްސަލަ ކޮމިޝަނުން ބެލުމުގެ ގޮތުން، އައިސް ޓީވީއިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ މާސްޓަރ ރެކޯޑިންގ އާއި އޮންއެއަރ ލޮގް ކޮމިޝަނުގެ އެދުމުގެ މަތީން އައިސްޓީވީއިން ހުށަހަޅާފައި ނުވާތީ މިއީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9ވަނަ މާއްދާގެ (އ) އާ ޚިލާފުކަމެއްކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓްގެ ރެކޯޑިންގ ޤާނޫނުން ލާޒިމްކުރާ މުއްދަތުގައި ބެހެއްޓުމަށާއި އެ ކޮންޓެންޓްގެ ރެކޯޑިންގ ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި ލަސްނުވެ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ) ގެ (1)ގެ ދަށުން އައިލޭންޑް ކޮމިއުނިކޭޝަން އެންޑް އެންޓަޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

18 ފެބުރުވަރީ 2015