ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-02/2015)

November 25, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-02/2015)

ޝަކުވާ ނަމްބަރު: SPCOM-02/2015

ޝަކުވާ ހުށެހެޅި ތާރީޙް: 09 މާރިޗު 2015

ހުލާސާ:  މިއީ، ކްރިމިނަލް ކޯޓުގެ ބައެއް ޝަރީޢަތްތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވެއްދުމަށް ހަމަޖައްސާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކޮމިޝަނުން ބެލި މައްސަލައެކެވެ.

ނިންމި ގޮތް: ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތަކަށް ނުވެއްދުމަށް އެ ކޯޓުން ނިންމާފައިވަނީ ސެކިއުރިޓީގެ ސަބަބުތަކަށްޓަކައި ކަމަށާއި، އަދި އެ ސަބަބުތަކަކީ ސެކިއުރިޓީގެ ސަބަބުތަކަށްޓަކައި ޢާއްމު ނުކުރާގޮތަށް ނިންމާފައިވާ ސަބަބުތަކެއްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 01 ނޮވެމްބަރ 2015ގައި ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާތީ މި މައްސަލަ އިތުރަށް ކުރިޔަށް ގެންދެވެން ނެތް ކަމަށް މި މައްސަލަ ނިންމި ޖަލްސާގައި  ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

 

25 ނޮވެމްބަރު 2015