ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ކޮމިޝަނުން ތަހުނިޔާ ދަންނަވައިފި

March 29, 2014

ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ދަންނަވައިފިއެވެ.

ތިރީގައި މިވަނީ ކޮމިޝަނުން ޓެލެވިޜަން މޯލްޑިވްސް އަށް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ.

“ޓެލެވިޜަން މޯލްޑިވްސް އަށް 36 އަހަރު ފުރުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހައި ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޓެލެވިޜަން މޯލްޑިވްސްް އަށް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

” ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުން ޓެލެވިޜަން މޯލްޑިވްސް، ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މި ދާއިރާ އިތުރަށް ތަރައްޤީކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރުވެސް އަދާކުރަމެވެ.

“އަޅުގަނޑުގެ އުއްމީދަކީ މަޤްބޫލް ޕަބްލިކް ސަރވިސްގެ ޚިދުމަތެއް ދޭ ބްރޯޑްކާސްޓް ޗެނެލެއްގެ ގޮތުގައި ޓެލެވިޜަން މޯލްޑިވްސް ސާބިތުކަމާއެކު ދެމިއޮތުމާ އެކު މި ރޮނގުގައި އިތުރު ކާމިޔާބީތަކެއް ހާސިލްކުރުމެވެ.”