ވަޒީފާގެ ފުރުސަތު (ރިސެޕްޝަނިސްޓް)

October 13, 2015

ވަޒީފާގެ ފުރުސަތު

 ނަންބަރު:(IUL) 427-OPR/1/2015/47

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމް: ރިސެޕްޝަނިސްޓް

ގްރޭޑް: 1

ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

އަދަދު: 1

މުސާރަ: -/5100 ރ

ލިވިންގް އެލަވަންސް:  -/3000 ރ

އިތުރު އިނާޔަތްތައް: 

· އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

. މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

· ޖީ.ސީ.އީ އޯ ލެވެލް ދަށްވެގެން ހަތަރު (4) މާއްދާއިން ‘ސީ’ ފާސް ލިބިފައިވުން ނުވަތަ 5 އަހަރުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

· ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއިއެކު މުޢާމަލާތު ކުރަން އެނގުން.

· މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޟިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން.

. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއު ޕެނަލް އަށް ސާބިތު ކޮށްދިނުން. 

މަޤާމުގެ މަސްއޫލިއްޔަތު:

. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަންނަ ސިޓީތައް ބަލައިގަތުން؛

. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދާރީވުން؛

.ކޮމިޝަންގެ އެންޓްރީ ބެލެހެއްޓުން؛

ކޮންމެ ދުވަހަކު ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި ހާޒިރީ އާއި ސަލާމުގެ ކަންކަން ބެލެހެއްޓުން؛

ސިޓީ ފެކްސް ކޮށް އަދި ކޮމިޝަނަށް އަންނަ ސިޓީ ސްކޭންކޮށް ޑިޕާރޓްމަންޓްތަކަށް ފޮނުވުން.

އޮފީސް ހުޅުވައިި ލެއްޕުމުގެ މައްސޫލިއްޔަތު އަދާކުރުން؛

ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)

. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

. ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު އަދާކުރަމުންދާ ވަޒީފާއިން ވަކި ކުރުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

 .ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 

25 އޮކްޓޯބަރ 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ތަޢުލީމާއި ތަމްރީން.

މަސައްކަތުގެ ތަޖުރިބާ.

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް. 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙު އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް އިންލިބިވަޑައިގަންނަވާނެއެވެ.

29 ޛުލްޤައިދާ 1436

13 އޮކްޓޯބަރ 2015