ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

December 29, 2013

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ތިރީގައި މިވަނީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ  ރައީސް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ.

“ދިވެހިރާއްޖޭގެ އަޑުގެ އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުރިހާ ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި ދިވެހިރާއްޖޭގެ އަޑުގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

“ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުވައިދިނުމަށާއި މުނިފޫހިފިލުވައިދެއްވުމަށް ދިވެހި ރާއްޖޭގެ އަޑުން ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.”