ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

December 29, 2015

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ތިރީގައި މިވަނީ ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ  ރައީސް ފޮނުއްވި ސިޓީގެ މުހިއްމު ބައިތަކެވެ.

“ދިވެހިރާއްޖޭގެ އަޑުގެ އުފާވެރި އަހަރީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުރިހާ ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި ދިވެހިރައްޖޭގެ އަޑުގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުވައިދިނުމަށާއި މުނިފޫހިފިލުވައިދެއްވުމަށް ދިވެހިރާއްޖޭގެ އަޑުން ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.”