ވީޓީވީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

September 5, 2013

ވީޓީވީގެ  5 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ތިރީގައި މިވަނީ ވީޓީވީގެ އަހަރީ ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ  ރައީސް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ.

“ވީޓީވީ އަށް 5 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހައި ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވީޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

“ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ތިޔަ ފަރާތުން ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުވައިދިނުމަށާއި މުނިފޫހިފިލުވައި ދެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ މި ފުރުސަތުގައި ވެސް ދަންނަވަމެވެ.