މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން

April 27, 2015

އިޢުލާން

     ނަންބަރު: 427-OPR/1/2015/19(IUL)

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އަށް ޒަމާނީ ބަދަލު ތަކެއް ގެނެސް އަޕްގްރޭޑްކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ވެބްސައިޓަށް ގެންނަން ބޭނުންވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

1.      ވެބްސައިޓަކީ ޒަމާނީ އަދި މައުލޫމާތު ހޯދުމަށް ފަސޭހަ ވެބްސައިޓަކަށް ހެދުން

2.      ސިމްޕަލް އަދި ޔޫޒަރ ފްރެންޑްލީ ވެބްސައިޓަކަށް ހެދުން

3.      ސްމާރޓް ފޯނު، ޓެބްލެޓް ފަދަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން އެކްސެސްކުރެވޭ ވެބްސައިޓަކަށް ހެދުން

ވީމާ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 05 މެއި 2015 ވާ އަންގާރަ ދުވަހުގެ މެނދުރު 14:00 އަށް މި ކޮމިޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު، 12 މެއި 2015 ވާ އަންގާރަ ދުވަހުގެ މެނދުރު 14:00އަށް މި ކޮމިޝަނަށް ހާޒިރުވެވަޑައިގެން އަންދާސީ ހިސާބާއި ވެބްސައިޓް އަޕްގްރޭޑް ކުރުމަށްފަހު ހުންނާނޭ ގޮތުގެ ޕްރޮޕޯސަލް ލިޔުމުން ނުވަތަ ސީޑީ އަކުން ހުށަހަޅަން ވާނެއެވެ.

ނޯޓް: އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އަދި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                                                    27 އެޕްރީލް 2015