އޭޝިއާ ބްރޯޑްކާސްޓިންގ ޔޫނިއަންގެ ފަރާތުން މަކާއޯގައި ބޭއްވި “ވިމަން ވިތް ދަ ވޭވް”ފޯރަމްގައި ކޮމިޝަނުން ބައިވެރިވެއްޖެ

October 27, 2014

އޭޝިއާ ބްރޯޑްކާސްޓިންގ ޔޫނިއަންގެ ފަރާތުން މަކާއޯގައި ބޭއްވި “ވިމަން ވިތް ދަ ވޭވް” ފޯރަމްގައި  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

މި ކޮމިޝަނުގެ ފަރާތުން މި ފޯރަމްގައި ބައިވެރިވަޑައިގަތީ ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަސްމާ ހަސަންއެވެ. އެއް ދުވަހަށް އޮތް މި ފޯރަމަކީ މިހާރު މަކާއޯގައި ކުރިޔަށްދާ އޭޝިއާ ބްރޯޑްކާސްޓިންގ ޔޫނިއަންގެ ޖެނެރަލް އެސެމްބްލީއާ ގުޅިގެން ބާއްވާފައިވާ ފޯރަމެކެވެ.

މި ފޯރަމްގެ މަގްސަދަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ތަފާތު ވިސްނުންތަކަށް ފުރުސަތުދިނުމަށާއި ހެޔޮބަދަލު ގެނައުމަށް ތަފާތު ދާއިރާތަކުގެ މައުލޫމާތު ހިމެނުމަށް ހިއްވަރުދިނުމުގެ ގޮތުން މަޢުލޫމާތު ބަދަލުކުރުމަށް ބޭއްވި ފޯރަމެކެވެ.

މި ފޯރަމްގައި އަސްމާ ހަސަން ވަނީ “ބްރޯޑްކާސްޓިންގ އިން މޯލްޑިވްސް: އަ ޖެންޑާރ ޕާރސްޕެކްޓިވް” ނަމުގައި ޕްރެޒެންޓޭޝަނެއްވެސް ހުށައަޅުއްވާދެއްވާފައެވެ.