ޚަބަރު


ކޮމިޝަންގެ ރައީސް ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

October 10, 2021

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ކުޅުދުއްފުށީ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

October 3, 2021

ބްރޯޑްކާސްޓްކުރުމުގެ ދުވަސް 2021

June 25, 2021

ނޫސް ބަޔާން (PR)427-BUR/INDIV/2021/1 ނަންބަރު:     ސަރުކާރުގެ އިދާރާއަކުން މީޑިއާތަކަށް ފިޔަވަޅު އަޅަމުންދާތީ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުން ދިވެހިރާއްޖޭގައި ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ޑިމޮކްރަސީ އާލާކުރުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (2010/16) ގައި އެކަށައަޅާފައިވާ މަޤްޞަދުތަކެއް ކަމުގައިވާތީ، މި މަޤްޞަދުތައް ޙާސިލްކުރުމަށް ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 22 ޖޫން 2021ގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، އަނިޔާވެރިގޮތަކަށް މަރާލި ހާދިސާގެ ޚަބަރުތައް ބައެއް ބްރޯޑްކާސްޓަރުން […]

ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ އަހަރީ ފީ މާފުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ކޮމިޝަނުން އެދިއްޖެ

June 8, 2021

ކޮވިޑް 19ގެ ޙާލަތާގުޅިގެން، ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ހީވެފައިވާތީ، މި ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިވަޑައިގެންފިއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އިބްރާހީމް ޢައްޔަނުކުރައްވައިފި

May 5, 2021

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ގ. މަސްއޮޑިގެ، ޝިފްލާ އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.