October 10, 2021
މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ބާއްވާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް މިއަދު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.
October 10, 2021
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ކުޅުދުއްފުށީ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
June 25, 2021
ނޫސް ބަޔާން (PR)427-BUR/INDIV/2021/1 ނަންބަރު: ސަރުކާރުގެ އިދާރާއަކުން މީޑިއާތަކަށް ފިޔަވަޅު އަޅަމުންދާތީ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުން ދިވެހިރާއްޖޭގައި ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ޑިމޮކްރަސީ އާލާކުރުމަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (2010/16) ގައި އެކަށައަޅާފައިވާ މަޤްޞަދުތަކެއް ކަމުގައިވާތީ، މި މަޤްޞަދުތައް ޙާސިލްކުރުމަށް ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. 22 ޖޫން 2021ގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، އަނިޔާވެރިގޮތަކަށް މަރާލި ހާދިސާގެ ޚަބަރުތައް ބައެއް ބްރޯޑްކާސްޓަރުން […]
June 8, 2021
ކޮވިޑް 19ގެ ޙާލަތާގުޅިގެން، ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ހީވެފައިވާތީ، މި ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިވަޑައިގެންފިއެވެ.