January 30, 2020
ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމު އިސްލާޙުކުރުމަށް ފަހު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށްފިއެވެ.
January 27, 2020
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލެއް އެކުލަވާލައި އެ އުސޫލަށް ޚިޔާލުހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީ.ސީ)އާ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ހަމަހަމަ ކަމާއެކު، އެއަރޓައިމް ދިނުމުގައި ޢަމަލުކުރަން އެންމެ އެކަށޭނެ ގޮތަކަށް މި އުސޫލު ބައްޓަންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މިއީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) […]
January 23, 2020
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލެއް އެކުލަވާލައި އެ އުސޫލަށް ޚިޔާލުހޯދުމަށް ބްރޯޑްކާސްޓަރުންނާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.
January 23, 2020
ރާއްޖޭގެ މީޑިއާއަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމާއި، އަދި މިފަދަ އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން “މީޑިއާ ފޮރ ޑިމޮކްރަސީ”އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.
January 23, 2020
ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދުވެސް އިތުރު ތިން ބްރޯޑްކާސްޓަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައިފިއެވެ.