January 22, 2023
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރަން ހުރި މަސައްކަތްތަކާމެދު ދެ މުއައްސަސާއިން މަޝްވަރާކޮށްފިއެވެ.
January 22, 2023
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް މަރުޙަބާ ކިޔުމަށާއި ތަޢާރަފުވުމުގެ އިތުރުން، މީޑިއާގެ ތަރައްޤީއަށް އެކުގައި މަސައްކަތް ކުރުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
January 19, 2023
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ކޮމިޝަންގެ މެމްބަރ މުޙައްމަދު ފަޒީން އިންތިޚާބުވެވަޑައިގެންފިއެވެ.
December 22, 2022
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށާއި އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އިނާމު ދިނުމުގެ ގޮތުން “ސްޓާފް ނައިޓް 2022” މިރޭ ބާއްވައިފައެވެ.
December 14, 2022
ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަރުވައި، ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކުރައްވައިފިއެވެ.