ޚަބަރު


“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

August 14, 2022

ރާއްޖޭގެ އެންމެ ފުރަތަމަ ބްރޯޑްކާސްޓްކުރުމުގެ އެވޯޑު، “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ކޮމިޝަނާއި، އެމް.އެމް.ސީ.އާއި ޝަހީބު މީޑިއާއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

August 7, 2022

ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޝަހީބު މީޑިއާއާއި މޯލްޑިވްސް މީޑިއާ ކައުންސިލާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ ވަގުތީ ގަވާއިދެއް އެކުލަވާލައިފި

July 25, 2022

ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ ވަގުތީ ގަވާއިދެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވައި، މި ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ކޮމިޝަނުން ދަޢުވަތު އަރުވައިފި

June 13, 2022

ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢާރަފްކުރާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮމިޝަނުން އަރުވައިފިއެވެ.

“ޕްރެސް ފްރީޑަމް ޑޭ 2022” ފާހަގަކުރުމަށް ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ބާއްވައިފި

May 27, 2022

މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ލޭ ހަދިޔާކުރުމުގެ ކެމްޕެއިންއެއް ކުރިއަށް ގެންގޮސްފިއެވެ.