February 19, 2013
އެމްޑީޕީ ޤައުމީ މަޖްލިސް ޖަލްސާ ލައިވް ކުރުމުގައި ސަރުކާރު ބަދަލުކުރުމަށް ނިކުތުމަށް ވަޔަލަންސަށް ހިއްވަރުދީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ތޯރިގް ދެއްކެވި ވާހަކަފުޅު ރާއްޖެ ޓީވީން 30 އޯގަސްޓް 2012ގެ 12:40 ން 12:46އަށް ބްރޯޑްކާސްޓްކޮށްފައިވުން.
February 19, 2013
ގާސިމް އިބްރާހީމްގެ ފޮޓޯއެއް ބޭނުންކޮށްގެން 19 ސެޕްޓެމްބަރ 2012 ގެ 23:00 ން 23:45އަށް ބްރޯޑްކާސްޓްކުރި ‘ދުންކަރާސް’ ޕްރޮގްރާމުގައި އޭނާގެ އަބުރާއި އިއްޒަތަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވުން.
February 19, 2013
2012 އޮކްޓޫބަރ 10 ގައި އެމް.ޑީ.ޕީ ގެ “ވައުދުގެ ދަތުރު” ގެނެސްދިން އިރު ދެއްކި ވާހަކަ ތަކުގައި ވަކި ފަރުދުންނާ މުޚާތަބުކޮށް “ބާޣީ” މި ބަސް އަދި މުޖްތަމަޢުގެ އަދަބު އަޚުލާގާ ނުބައްދަލު ވާހަކައާއި ބަސްތައް ބޭނުންކޮށްފައިވާ ތަން ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވުން.
January 17, 2013
2012 އޯގަސްޓް 29ވަނަ ދުވަހުގެ ރޭ އެމް.ޑީ.ޕީން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން ގެނެސްދިން ލައިވް ފީޑްގައި ރާއްޖެ ޓީވީގެ ރިޕޯޓަރ އިބްރާހީމް ވަޙީދު (އަސްވާޑް) ފުލުހުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރަމުންދާކަމަށާއި ވަރަށް އަނިޔާވެރިކޮށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާކަމުގެ ދޮގު މަޢުލޫމާތާއި ޚަބަރު ފަތުރާފައިކަމަށާއި އެހެންކަމުން އިބްރާހީމް ވަޙީދު ނޫސްވެރިއަކަށްހުރެ ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ދޮގު މަޢުލޫމާތާއި ޚަބަރު ފަތުރާފައިވާކަމަށް ތުހުމަތުކޮށް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ރާއްޖެ ޓީވީން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ދޮގުމަޢުލޫމާތާއި ޚަބަރު ފަތުރާފައިވާ ކަމަށް
January 17, 2013
03 މާޗް 2012ވަނަ ދުވަހުގެރޭ 10:00ން 11:00އާ ދެމެދު ރާއްޖެ ޓީވީއިން ލައިވްކުރި މުޒާހަރާއެއްގައި، ޓްރޭޑަރސް ހޮޓަލް ކައިރިއަށް އެއްވެ ތިބި އެމް.ޑީ.ޕީ މީހުން ކޮންޓްރޯލް ކުރުމަށް އުޅުއްވި ފުލުހުން ތިބީ ރާބޮއެ، މަސްތުވެފައި ކަމަށް މައިޒާން އަލީ މަނިކު ވިދާޅުވާތަން ރާއްޖެ ޓީވީއިން ބްރޯޑްކާސްޓް ކޮށްފައިވުން