ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2013)

July 23, 2013

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި، ނިންމާ ނިންމުންތަކާއި، އަދި ކޯޓުތަކާއި ފަނޑިޔާރުންނާއި ބެހޭގޮތުން ނުބައި ތަސައްވުރެއް ދެވޭފަދަ ގޮތަކަށް، 01 ފެބްރުއަރީ 2013ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ “ތިލަފަތް” ޕްރޮގްރާމްގައި ގެނެސްދީފައިވާ ކަމަށް ބުނެ ހުށަހަޅާފައިވުން.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-4/2013)

July 16, 2013

ދިޓީވީއިން 9 ޖޫން 2013ވަނަ ދުވަހުގެ ރޭ 8:00 ގައި ގެނެސްދިން ޚަބަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑިޝަލް ސަރވިސަސް ކޮމިޝަނުގެ ރައީސަށް ފޮނުވި ސިޓީއަކާބެހޭ ގޮތުން ކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވުން.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-9/2013)

May 21, 2013

22 ފެބްރުއަރީ 2013ވީ ހުކުރުދުވަހުގެ ރޭ ރާއްޖެ ޓީވީގެ ތިރީ ބާއަށް ޕިޕީއެމް މީހުން އެމްޑީޕީ މީހުން މަރަން ގޮވިކަމަށް ބުނެ ކަނޑައެޅިގެން ދޮގު ޚަބަރު ފޮނުވާފައިވާކަމަށް ބުނެ ހުށަހެޅުން.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-55/2012)

April 9, 2013

30 އޯގަސްޓް 2012ގެ 18:30ން 22:40އާ ދެމެދު ރާއްޖެ ޓީވީގެ ނިއުސް ފީޑްގައި “ރަންގަލި ރިސޯޓްގައި ކާނާ ވިހަވުމުގެ ސަބަބުން ޕެރަލައިޒްވި ބިދޭސީ މީހެއް މަރުވެއްޖެ” މިހެން ލިޔެ ބްރޯޑްކާސްޓްކޮށްފައި ވާކަމަށް ވާތީ، އެއީ ދޮގު މައޫލޫމާތު ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި އެކަމުގައި މާއާފަށް އެދި ރާއްޖެ ޓީވީން ބަޔާނެއް ނެރެދިނުމަށާއި ކޮންރަޑް މޯލްޑިވްސް އަށް ލިޔުމުން މައާފަށް އެދުމަށް ދެންނެވުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-52/2012)

April 2, 2013

30 އޯގަސްޓް 2012ދުވަހުގެ ރޭ ދަންވަރު 01:27ގައި ރާއްޖެ ޓީވީގެ ޓްރާންސްމިޝަން މެދުކަނޑާލަމުން ޕްރެޒެންޓަރު މަރިޔަމް ދާނިޝް އެ ސްޓޭޝަނުން ކުރިއަށް ގެންދާ ލައިވް ކަވަރޭޖް މެދުކަނޑާލުމަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި އެހެން ކަމުން ލައިވް ކަވަރޭޖް މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުން.