November 15, 2020
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އައު ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް ޑރ. މުޙައްމަދު އިބްރާހީމް ހަމަޖައްސައިފިއެވެ.
October 4, 2020
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި “ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ ދަށުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު 04 އޮކްޓޫބަރު 2020 ފެށިގެން 5 (ފަހެއް) އަހަރުގެ މުއްދަތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.
October 4, 2020
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބޭއްވި “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” ނިމި، ވަރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި ވަރކްޝޮޕް ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މީޑިއާތަކުގެ އެޑިޓަރ ލެވެލް ފަރާތްތަކަށާއި ނިއުސް ރޫމްގެ ނޫސްވެރިންނަށް އަމާޒުކޮށް ބޭއްވި މި ވާރކްޝޮޕަކީ ދިވެހި މީޑިއާގެ ވެށްޓަކީ […]
October 2, 2020
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” މިއަދު ފަށައިފިއެވެ. މީޑިއާތަކުގެ އެޑިޓަރ ލެވެލް ފަރާތްތަކަށާއި ނިއުސް ރޫމްގެ ނޫސްވެރިންނަށް އަމާޒުކޮށް ބާއްވާ މި ވާރކްޝޮޕަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް އިސްލާމީ ޔުނިވަރސިޓީއާއި ކޮމިޝަނާ ދެމެދު […]
September 24, 2020
ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.