January 21, 2020
ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” (އައި.އެސް.ޑީ.ބީ.ޓީ) ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކާ ގުޅެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)އާ މަޝްވަރާކޮށްފިއެވެ.
January 21, 2020
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަންނުވެރިކަމާއި މީޑިއާގެ ތަފާތު ޚިދުމަތްދޭ ކުންފުންޏެއް ކަމުގައިވާ އޯރކާ މީޑިއާ ގްރޫޕާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފިއެވެ.
January 19, 2020
ގަވާއިދާ ޚިލާފަށް ބައެއް ޗެނަލްތައް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓަރ އޮފް ހޯމް އެފެއާރސް އިމްރާން ޢަބްދުﷲ އާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.
January 13, 2020
ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދު ކޮމިޝަނުން ބައްދަލުކުރީ ރާއްޖެ ޓީވީއާއެވެ.
January 12, 2020
ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިމަގާ ގުޅޭ ގޮތުންނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން، ދާއިރާގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.