September 8, 2015
މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމަށް ޕަބްލިކް ބްރޯޑްކާސްޓަރ “ޕަބްލިކް ސަރވިސް މީޑިއާ”އަށް އާ 7 ލައިސަންސެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ދޫކޮށްފިއެވެ.
August 23, 2015
މޯލްޑިވްސް ރެޑް ކްރެސެންޓްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެފަރާތުގެ މަސައްކަތްތަކުގައި އެއްބާރުލުންދޭ ފަރާތްތައް ފާހަގަކޮށް ދެވޭ ހަނދާނީ ފިލާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިއްޖެއެވެ.
August 20, 2015
އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ)ގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް އިންތިޚާބުވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފިއެވެ.
August 18, 2015
ޔޫ.އެން.ޑީ.ޕީ.ގެ އިންޓަރގްރޭޓެޑް ގަވަރނަންސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ “ހިއުމަން ރައިޓްސް އެންޑް ގުޑް ގަވަރނަންސް ރިޕޯޓިންގ ގައިޑްލައިން” އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ޓްރެއިނިންގ އޮފް ޓްރެއިނަރސް ވާރކްޝޮޕެއް ބާއްވައިފިއެވެ.
July 20, 2015
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.