ޚަބަރު


ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، އެކަންކަން ސާފުކޮށްދިނުމަށް ކޮމިޝަނުން ބަޔާނެއް ނެރެފި

July 3, 2014

ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ލޮބީ ކުރުމަށް ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕެއް އުފައްދަވައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، ކަމުގެ ހަގީގަތް ޢާންމުންނަށް އޮޅިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެ ކަންކަން ސާފުކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަޔާނެއް ނެރެފި އެވެ.

އަގު ފާސްކުރުމެއް ނެތި މީޑިއާ ނެޓުން ކުރަމުންދާ އިޝްތިހާރު ހުއްޓާލުމަށް ކޮމިޝަނުން އަންގައިފި

July 2, 2014

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައި އަގު ފާސްކުރުމެއް ނެތި މީޑިއާނެޓުގެ ފަރާތުން “އައިސް ޓީވީ އާ އެކު ބޯނަސް ސޮނީ6 އެޗް.ޑީ” ގެ ނަމުގައި -/100ރ. އަށް ވިއްކުމަށް މިހާރު އިޝްތިހާރު ކުރަމުންދާ ޕްރޮޑަކްޓް ހުއްޓާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާ ނެޓަށް އަންގައިފިއެވެ.

ވޯލްޑް ކަޕް ބެލޭނޭ ކަމަށް ބުނެ އައިސް ޓީވީ އިން އަގު ނަގައިފައިވާ މައްސަލައިގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފި

July 2, 2014

މި އަހަރުގެ ވޯލްޑް ކަޕް ބެލޭނޭ ކަމަށް ބުނެ އައިސް ޓީވީ އިން އަގު ނަގައިފައިވާ މައްސަލައިގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ.

މީޑިއާނެޓްއިން ފޮނުވާ “ޗެނެލް 100” ނުވަތަ “ޗެނެލް +100″އިން ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް ކޮމިޝަނުން އަންގައިފި

June 26, 2014

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްދީފައިވާނުވާ މީޑިއާނެޓްއިން ފޮނުވާ “ޗެނެލް 100” ނުވަތަ “ޗެނެލް+100″އިން ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް މީޑިއާނެޓަށް ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ގައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމިޓީ އާ ބައްދަލުކުރައްވައިފި

June 25, 2014

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ އަދި މިނިވަންކަމަށް 50 އަހަރުފުރޭ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާމެދު މަޝްވަރާކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒަށް ލަފާ އަރުވާ “ޤައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާދޭ ކޮމިޓީ”އާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފިއެވެ.