ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-18/2020)

January 31, 2021

މިއީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ.ނޮޅިވަރަންގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-15/2020)

January 31, 2021

މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ރ.ފައިނުގައި ދޭކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2020)

January 31, 2021

މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޅ. އޮޅުވެލިފުށީގައި ދޭކަމަށް ބުނެ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020 ގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-23/2020)

January 5, 2021

ހުލާސާ: މިއީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން Mendhuru.mv އެވެ ކިޔުނު ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދެމުންދާތީ، އެ ރިޕޯޓު ޗެނަލް 13 އިން ބްރޯޑްކާސްޓްކުރަމުން ގެންދަނީ އެއީ ތެދެއްކަން ކަށަވަރުކޮށްގެންތޯ ބަލައިދެއްވުން އެދި ހުށަހަޅާފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (REV-03/2020_IMCAC-02/2018)

December 30, 2020

މިއީ، ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައި 08 އޮގަސްޓް 2018 ގައި ނިންމާފައިވާ ނަންބަރު IMCAC-02/2018 މައްސަލަ މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.