ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2020)

April 10, 2021

މިއީ، މިލަންދޫ ފޮޓޯ އިން ށ.މިލަންދޫގައި ލައިސަންސް ނެތި ވީޑިއޯކޯން، އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް އަދި ޑިޖިޓަލް ހެޑްއެންޑް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް ދެމުންދާ ކަމަށް ބުނެ، ޝަކުވާ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-25/2020)

April 1, 2021

މިއީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާފައިނުވާ މީޑިއަމް (އައިޕީޓީވީ) އެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމަށް ބުނެ، އެކަން ބަލާދިނުމަށް އެދި ހުށަހަޅާފައިވާތީ، މި ކޮމިޝާނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-24/2020)

March 30, 2021

މިއީ، ދިރާގު އޯޓީޓީ މެދުވެރިކޮށް ދެމުންދާ ބްރޯޑްކާސްޓިންގ ޚިދުމަތް ލިބެމުންދަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަނިކަމަށާއި، މި ޚިދުމަތް ބޭނުންވާ އެހެން ފަރާތްތަކަށް މި ޚިދުމަތް ލިބެމުން ނުދާކަމަށް ބުނެ، މި ކަން ބައްލަވާ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (REV-01/2021_CAC-18/2020)

March 9, 2021

މިއީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ.ނޮޅިވަރަންގައި ދޭކަމަށް ބުނެ ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020ގައި ހުށަހަޅައި، 26 ޖަނަވަރީ 2021ގައި ބަލައި ނިންމާފައިވާ ކޮމިޝަންގެ ނަންބަރު CAC-18/2020 މައްސަލަ، ކޮމިޝަނުން މުރާޖަޢާ ކުރުމަށް 09 ފެބްރުވަރީ 2021ގައި ނިންމުމާއި ގުޅިގެން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-35/2020)

February 27, 2021

މިއީ، އުތެމަ ޖަމްޢިއްޔާއަކީ ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތާއި، ދިރިއުޅުމުގެ ތަޖުރިބާ އާއި ތަރައްޤީގެ އެކިކަންކަން ދިރާސާކޮށް ދެނެގަތުމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި 2016 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ޖަމްޢިއްޔާއެއްކަމާއި 2 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގައި ރާއްޖެޓީވީއިން، އުތެމަ ޖަމްޢިއްޔާއާބެހޭ ގޮތުން ބްރޯޑްކާސްޓްކޮށް، ފޭސްބުކް މެދުވެރިކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ “އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަ ދައްކާ ޖަމްއިއްޔާއެއްކަމަށް…..” ބުނެ ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ރާއްޖެޓީވީއިން ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށް ދެކޭ ކަމަށް ބުނެ، މި މައްސަލަ ކޮމިޝަނުން ބައްލަވާ ފިޔަވަޅު އަޅުއްވާ ދެއްވުން އެދި ރާއްޖެ ޓީވީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލައެކެވެ.