November 5, 2020
މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
November 5, 2020
މިއީ، ށ. މަރޮށީގައި ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ ނާދީ ކޭބަލް ނެޓްގެ ފަރާތުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭކަމަށް ބުނެ ހުށަހަޅައިފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
October 26, 2020
މިއީ، ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓްގައި ކޭބަލް ޓީވީގެ ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓަރފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން 08 ޖަނަވަރީ 2020 ގައި ބަލާ ނިންމާފައިވާ CAC-06/2019 މައްސަލަ މުރާޖަޢާކުރުމަށް ‘ސްޕެލެންޑާރ’ އިން އެދިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
October 26, 2020
މިއީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދައްތާފުޅު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާގެ އަރިހަށް ޒިއާރަތްކުރެއްވުމަށް އެދިވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ގޮތަށް އާއިލާގެ އަރިހަށް ޒިޔާރަތްކުރައްވާ ވަގުތު ހޭދަކުރެއްވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވުމުން ވެސް، އެކަން ޤަބޫލުފުޅު ނުކުރެއްވި ކަމަށް ބުނެ 06 އޭޕްރީލް 2020 ހޯމަ ދުވަހުގެ ރޭ 20:00 ގައި ގެނެސްދިން “60 މިނެޓް”ގައި ރާއްޖެ ޓީވީން ގެނެސްދީފައިވާ މައުލުމާތު ގެނެސްދީފައިވަނީ އެކަމުގެ މަޢުލޫމާތު ރަނގަޅަށް ސާފުކުރުމެއް ނެތި ޙަޤީޤަތާއި ޚިލާފަށްކަމަށް ބަޔާންކޮށް، މައްސަލަ ބަލައި ދިނުމަށް އެދި ރާއްޖެ ޓީވީއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
September 10, 2020
މިއީ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އިން 03 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 13:00 އިން 13:09 އަށް “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓްގައި “އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށްވެސް، ވާހަކައަކީ، އިބްރާހީމް މުހައްމަދު ސާލިހް ގައިގައި އަލިފާން ޖަހަން” ގޮވާލާ ދައްކާފައިވާ ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައިފައިވާ މައްސަލައެކެވެ.