ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2020)

February 18, 2020

މިއީ، މިފަހަކަށް އައިސް ޗެނަލް 13 އިން ޕީ.އެސް.އެމް އާ ގުޅޭގޮތުން ޙަޤީޤަތާ ޙިލާފް ވާހަކަތައް ފަތުރަމުންދާކަމާއި އެ ގޮތުން 04 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ އދ.މަހިބަދޫ އިން ގެނެސްދިން ‘މަޑިސީލަ’ ޕްރޮގްރާމް އަދި 21 ޑިސެންބަރު 2019 ދުވަހުގެ ރޭގެ ‘މަޑިސީލަ’ ޕްރޮގްރާމްގައި ފީ.އެސް.އެމްގެ މުވައްޒަފުންނާ ބެހޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތައް ދައްކާފައިވާތީއާއި ޕީ.އެސް.އެމްގެ ސިޔާސަތުތައް އޮޅޭގޮތަށާއި އާންމުންގެ ތެރޭގައި ނަފްރަތު އުފެދޭގޮތަށް ދީނީ ޕްރޮގްރާމްތައް އުފެއްދުން ހުއްޓާލިކަމަށާ އަދި ލިޔެކިޔުމުން މިކަން ހުއްޓާލަން އަންގާފައިވާކަމަށް ދައްކަމުން ދާ ވާހަކައަކީ، ނަފްރަތު އުފެއްދުމަށް ރާވައިގެން ކުރަމުން ގެންދާ މަސައްކަތެއްކަމުގައި ޝަކުވާ ހުށަހެޅި ފަރާތުން  ދެކޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-14/2019)

February 18, 2020

މިއީ، 15 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން 22:45 އިން 23:45 އާ ހަމައަށް ބްރޯޑްކާސްޓްކުރި ‘މަޑިސީލަ” ޕްރޮގްރާމްގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްފޯކްސްޕަރސަން ފިރިހެން ޖާނަލިސްޓުންނަށް ޖިންސީ ގޯނާ ކުރަމުންދާކަމަށާއި އެ މަޤާމަށް އަންހެނަކު އައްޔަންކުރި ފަހުން ސްޕޯކްސްޕަރސަން އަންގަވައިގެން “ފިރިހެން” ޖާނަލިސްޓުން ހައްޔަރުކުރަމުންދާކަމާއި، އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެއްކަމަށް “މަޑިސީލަ” ޕްރޮގްރާމްގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު އެއީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް  ދައްކާފައިވާ ވާހަކަތަކެއް ނޫންކަމާއި އަންހެން ފުލުހުންގެ ދައުރު ހަނިވާންޖެހޭކަމަށް ދޭހަވާގޮތަށް ދައްކާފައިވާފައިވާ ވާހަކަތަކަކީ، ޙަޤީޤަތް ނެތް ވާހަކަތަކެއްކަމުން މިވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފުލުހުންގެ ތަޞައްވަރު ގޯސްވެ، އިންސާނީ ޙައްޤުތައް ނަގަހައްޓައި ހަމަހަމަކަން ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ތަޢާރަޟުވާ ވާހަކަތަކެއްކަމާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ދެ ޖިންސުގެ ހަމަހަމަކަމަށް ގޮންޖަހާދައްކާފައިވާ ވާހަކަތަކެއްކަމުން މިކަމުގެ ސަބަބުން އަންހުންނަށް މުޖުތަމަޢުގައި ދޭންވާ ޤަދަރު ކުޑަވުމަށް ބާރުއެޅޭ ކަމެއް ކަމުގައިވާތީ، މަޑިސީލަ ޕްރޮގްރާމްގައި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފު މިފަދަ ކޮންޓެންޓް ގެނެސްދެމުންދާތީ މިކަންކަން ބައްލަވާ ފިޔަވަޅު އަޅުއްވައިދެއްވުން އެދި، ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2019)

January 16, 2020

މިއީ، ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓްގައި ކޭބަލް ޓީވީގެ ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓާފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2019)

December 25, 2019

މިއީ، ސަންގު ޓީވީއިން 06 އޮކްޓޫބަރު 2019 ގެ  20:20 އިން 20:25 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓުގައި ސަލަފުގެ ބައެއް ދީނީ ޢިލްމުވެރިން ރިޝްވަތު ނަގައިގެން ދީނީ ފަތުވާ ނެރެފައިހުރި ކަމަށް ބުނެފައިވާތީ، ކޮމިޝަނުން  ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-13/2019)

October 14, 2019

ޝަކުވާ ނަންބަރު: CAC-13/2019 ޝަކުވާ ހުށަހެޅި ތާރީޙް: 08 އޮގަސްޓް 2019 ހުލާސާ: މިއީ، ށ. މަރޮށީގައި ގަވާއިދާ ޚިލާފަށް އެއާރޓެލް ޗެނަލްތައް ހިމަނައިގެން ރީބްރޯޑްކާސްޓްކުރުން (ކޭބަލްޓީވީ) ގެ ޚިދުމަތް ދެމުންގެންދާ ކަމަށާއި، ކުރިން ށ. މަރޮށީގައި އެއާރޓެލް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުން (ކޭބަލްޓީވީ) ގެ ޚިދުމަތްދެމުން ގެންދިޔައީ ނާދިލް މުއްތަހިދީން ޖަމްއިއްޔާގެ ނާދީ ކޭބަލް ނެޓްގެ ނަމުގައި ކަމަށާއި މިހާރު އެޚިދުމަތް ދެމުން އަންނަނީ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކަން ބަޔާންކޮށް، މި މައްސަލަ ބަލައި […]