ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-27/2018)

March 18, 2019

މިއީ، ށ. މަރޮށީގައި އެއަރޓެލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރައިޓްސް ނެތް ޗެނަލްތަކެއް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ  (ނާދީ ކޭބަލް ނެޓް) އިން ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-26/2018)

March 18, 2019

މިއީ، ކުލަބް މެޑް ފިނޮޅު ވިލާސް ރިސޯޓް (ކ. ގަސްފިނޮޅު) ގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތަކީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް ނޫންކަމަށާއި، އެ ފަރާތުން ފޯރުވައިދޭ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތައް ދެއްކުމުގެ ހުއްދަ ލިބިގެންނުވާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2018)

February 4, 2019

މިއީ، ޗެނަލް 13 އިން ގެނެސްދިން “އޮޅުވާލި ވޯޓު” ޕްރޮގްރާމްގައި 8 އޮކްޓޫބަރު 2018 ގެ 22:21 ގައި، ވަގު ޝަރީފު ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތު ނުހިފޭ ދޮގު މަޢުލޫމާތު ފަތުރައި، އަދި އެބޭފުޅާގެ ޤަދަރަށާއި ޢިއްޒަތަށް އުނިކަންލިބޭގޮތަށް، ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ޓެލެކާސްޓްކޮށްފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-16/2018)

February 4, 2019

މިއީ، ޗެނަލް 13 އިން ގެނެސްދިން “އޮޅުވާލި ވޯޓު” ޕްރޮގްރާމްގައި 7 އޮކްޓޫބަރު 2018 ގެ 21:58 ގައި، ވޯޓުން ވައްކަންކުރި، ތިމަރަ ވަގު، ވޯޓު ވަގު ކަމަށްބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތު ނުހިފޭ ދޮގު މައުލޫމާތު ފަތުރައި، އަދި އެބޭފުޅާގެ ޤަދަރަށާއި ޢިއްޒަތަށް އުނިކަން ލިބޭގޮތަށް ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލެއެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2018، CAC-13/2018، CAC-14/2018 އަދި CAC-15/2018)

February 4, 2019

މިއީ. ޗެނަލް 13 އިން 04 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ ރޭ 21:53 އިން 23:03 އަށް، “އޮޅުވާލި ވޯޓު” ގެ ނަމުގައި ވަގުތުން ގެނެސްދިން ޕްރޮގްރާމްގެ ތެރެއިން ޕީޕީއެމް އޮފީސް ސަރަހައްދުން ވަގުތުން ބްރޯޑްކާސްޓްކުރި ހަރަކާތުގައި “ވޯޓް އޮޅުވާލާފައިވާކަމަށާއި، ޝަރީފު ހައްޔަރުކުރުމަށާއި، ވޯޓުން ވައްކަން ކޮށްފިކަމަށާއި، ކޮމިޝަންގެ ރައީސްގެ އެކައުންޓަށް ފަސްމިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށާއި، އީސީ ޝަރީފު ވޯޓުގައި މަކަރު ހެދިކަމަށާއި، އީސީ ޝަރީފުގެ ކަންފަތަށް ހުރީ ތިމަރައެޅިފައިކަމަށާއި، އަނގޮޓީ ޝަރީފު” ކަމަށް ބުނެ، އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ޞައްޙަނޫން އަދި ސާބިތުނުހިފޭ ދޮގު މަޢުލޫމާތު ފަތުރައި، އެ ބޭފުޅާގެ ޤަދަރަށާއި ޢިއްޒަތަށް އުނިކަންލިބޭ ގޮތަށް ރައްޔިތުންގެ ކުރިމަތީގައި މުޚާތަބުކޮށް ވާހަކަ ދައްކާފައިވާ މަންޒަރު ވަގުތުން ބްރޯޑްކާސްކޮށްފައިވާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލަތަކެކެވެ.