ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-01/2019)

August 20, 2019

މިއީ، ޗޮއިސް އެންޑް ޕްލަސް އިން ހދ. ކުޅުދުއްފުށީގައި ލައިސަންސްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2018)

June 12, 2019

މިއީ ޅ. ހިންނަވަރުގައި ލައިސަންސް ނެތި އެއާރ ޓެލް، ފްރީ ޑިޝް ޓީވީ، ވީޑިއޯކޯން އަދި ޑައެލޮގް ގެ ޗެނަލްތައް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުން ދާ ކަމާއި ރީބްރޯޑްކާސްޓް ކުރަމުންދާ ޗެނަލްތައް ރިސީވްކުރަމުން ގެންދަނީ ޑިޝްއެންޓަނާ މެދުވެރިކޮށްކަމާއި 68 (ފަސްދޮޅަސް އަށް) ޗެނަލެއް ދައްކަމުންދާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2019)

March 18, 2019

މިއީ، 22 ޖަނަވަރީ 2019 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން ‘އިރާދަން’ ޕްރޮގްރާމުގައި ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ދިން ނާސްތާ ބޭނުންކުރުމުގެ ސަބަބުން ދަރިވަރުންނަށް ސިއްޙީ މައްސަލަތައް ކުރިމަތިވެފައިވާކަމަށާއި، ނާސްތާއަކީ ތާޒާނޫން އެއްޗެއްކަމަށް ބަޔާންކޮށް، ތެދުނޫން މަޢުލޫމާތު ޢާއްމުކޮށްފައިވާކަމާއި މި މަޢުލޫމާތު ޢާއްމުކުރުމުގެ ކުރިން އެކަން އެގޮތަށް ހިނގިތޯ އެސްކޫލްގެ ފަރާތުން އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް ޗެނަލް 13 އިން މައުލޫމާތު ޔަޤީންކޮށްފައިނުވާތީ، ލިބިފައިވާ މަޢުލޫމާތެއްގެ ޞައްޙަކަން ޔަޤީންނުކޮށް އަދި އެކަންތައް ރައްދުވާ ފަރާތުގެ ބަހެއްނެތި ކ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި މިނިސްޓްރީ ބަދުނާމްވާގޮތަށް މަޢުލޫމާތު ޢާއްމުކޮށްފައިވާތީ، އެކަމަކީ ބްރޯޑްކާސްޓްކުރުމުގެ ޢާއްމު އުޞޫލްތަކާއި ޚިލާފުކަމެއްކަމަށް ފެންނަ ކަމަށް ބުނެ، އެ މައްސަލަ ބައްލަވާ ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-27/2018)

March 18, 2019

މިއީ، ށ. މަރޮށީގައި އެއަރޓެލް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރައިޓްސް ނެތް ޗެނަލްތަކެއް ޓްރިޕަލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑްގެ  (ނާދީ ކޭބަލް ނެޓް) އިން ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-26/2018)

March 18, 2019

މިއީ، ކުލަބް މެޑް ފިނޮޅު ވިލާސް ރިސޯޓް (ކ. ގަސްފިނޮޅު) ގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތަކީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް ނޫންކަމަށާއި، އެ ފަރާތުން ފޯރުވައިދޭ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތައް ދެއްކުމުގެ ހުއްދަ ލިބިގެންނުވާކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.