July 25, 2022
ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ ވަގުތީ ގަވާއިދެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.
June 13, 2022
ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢާރަފްކުރާ “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮމިޝަނުން އަރުވައިފިއެވެ.
May 27, 2022
މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ލޭ ހަދިޔާކުރުމުގެ ކެމްޕެއިންއެއް ކުރިއަށް ގެންގޮސްފިއެވެ.
May 12, 2022
ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި އަގުހުރި މަސައްކަތްތަކެއް ކުރައްވައި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި، އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާކިޔުމަށާއި، ބްރޯޑްކާސްޓަރުންނާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނުން ހަވީރުގެ ސައިފޮދެއް ބާއްވައިފިއެވެ.
May 3, 2022
ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއަރުވައި ތަރައްޤީކުރުމަށާއި، ވާދަވެރި ސިނާޢަތަކަށް ހެދުމުގެ އިތުރުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް” ދިނުމަށް ނިންމައި އެކަން އިޢުލާންކޮށްފިއެވެ.