November 8, 2016
ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ޓެކްނިކަލް ތަމްރީނު ޕްރޮގްރާމުތައް ޗައިނާގައި ހިންގުމަށް އެހީތެރިވެދެއްވާނެ ކަމުގައި ޗައިނާގެ މީޑިއާއާ ބެހޭ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ.
November 7, 2016
ޗައިނާގެ ބްރޯޑްކާސްޓިންގ އާއި މީޑިއާގެ ސިނާއަތް ތަރައްޤީވަމުން އަންނަ ގޮތާއި ޓެކްނޮލޮޖީގެ ރަސްމަގުގައި ހޯދައިފައިވާ ކުރިއެރުމުގެ ފައިދާ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ގެނެވޭނެ ގޮތްތައް ހޯދުމަށް ޗައިނާގެ މީޑިއާގެ އިސް މަސްއޫލުވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްޓަކައި، ޗައިނާ ސަރުކާރުގެ ދައުވަތަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިސް ވަފްދެއް ޗައިނާގެ ވެރިރަށް ބޭޖިންގ އަށް ފުރާވަޑައިގެންފިއެވެ.
October 20, 2016
ޤާނޫނު ނަންބަރު 2011/09 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ދިވެހިބަހަށް އިސްކަންދިނުމުގެ ގަވާއިދަށް ދައުލަތުގެ މުއައްސަސާތައް އަހުލުވެރިކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިއަދު ދިވެހިބަހުގެ އެކެޑަމީން ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވައިފިއެވެ.
October 19, 2016
ރީބްރޯޑްކާސްޓިންގ ނެޓްވަކްތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޗެނެލްތައް އެސް.ޑީ އަދި އެޗް.ޑީ ފޯރމެޓުގައި ދެއްކުމަށް ބްރޯޑްކާސްޓަރުންގެ އަތުން ނެގޭ ރައިޑިންގ ފީ އަކީ އެއް އަގެއް ކަމުގައި ކޮމިޝަނުން ކަނޑައަޅައިފިއެވެ.
October 18, 2016
ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތްކުރައްވާ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.