ޚަބަރު


މާލެ އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފި

July 10, 2014

މާލެ އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ޓީވީއެމްގެ ވޯލްޑްކަޕް މެޗްތައް އެޗްޑީކޮށް ފޮނުވައިދޭން މީޑިއާ ނެޓަށް ކޮމިޝަނުން އަންގައިފި

July 8, 2014

ރައްޔިތުންގެ ޓީވީ ކަމަށްވާ ޓީވީ އެމް އިން ފޮނުވާ ވޯލްޑްކަޕްގެ ބާކީ ހުރި މެޗުތައް ހައިޑެފިނީޝަންކޮށް ފޮނުވޭނެ އިންތިޒާމް، މިރޭ ދެއްކުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މެޗް ފެށުމުގެ ކުރިން ހަމަޖައްސަވައިދެއްވުމަށް މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އެއްވެސް ޝަރުތެއް ނެތި ކޮމިޝަންގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް މީޑިއާނެޓަށް ތަކުރާރުކޮށް އަންގައި އަމުރުކޮށްފި

July 8, 2014

ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް އެންގި އެންގުމާ އެއްގޮތަށް، އެއްވެސް ޝަރުތެއް ނެތި އަމަލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑީއާނެޓަށް ތަކުރާރުކޮށް އަންގައި އަމުރުކޮށްފި އެވެ.

ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް ކޮމިޝަނުން އަންގައިފި

July 7, 2014

ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، އެކަންކަން ސާފުކޮށްދިނުމަށް ކޮމިޝަނުން ބަޔާނެއް ނެރެފި

July 3, 2014

ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް ލޮބީ ކުރުމަށް ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕެއް އުފައްދަވައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، ކަމުގެ ހަގީގަތް ޢާންމުންނަށް އޮޅިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެ ކަންކަން ސާފުކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަޔާނެއް ނެރެފި އެވެ.