October 31, 2013
އެކިއެކި ފަރާތްތަކުގެ ފޮޓޯ އާއި އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
October 30, 2013
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމި، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައިދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދަންނަވައިފި އެވެ.
October 29, 2013
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ދަންނަވައިފި އެވެ.
October 28, 2013
ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ މައްސަލަ ފުލުހުން ތަހްޤީޤު ކުރަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދެވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި އެވެ.
October 27, 2013
ރާއްޖެ ޓީވީގެ ކޮންޓެންޓެއްގެ މައްސަލައެއް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސް ދަންނަވައިފި އެވެ.