ޚަބަރު


ރިޔާސީ އިންތިޚާބަށް ދޫކުރާ “ޑިރެކްޓް އެކްސެސް” ގެ މަޢުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށް ބްރޯޑްކާސްޓަރުންނަށް އަންގައިފި

August 11, 2013

އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނޫ (11/2008)ގެ 30 ވަނަ މާއްދާގެ ދަށުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް ބްރޯޑްކާސްޓަރުން ރިޔާސީ ކެންޑިޑޭޓުންނަށް ދޫކުރާ “ޑިރެކްޓް އެކްސެސް ވަގުތު” މޮނިޓަރ ކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާރޝަލް ޓީވީ ޗެނަލް ތަމްސީލުކުރަން ތިން މެންބަރުން އިންތިޚާބުކޮށްފި

August 5, 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ޓީވީ ޗެނަލްތައް ތަމްސީލުކުރުމަށް ތިން މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީއަށް ކޮމާޝަލް ޓީވީގެ ތަމްސީލުކުރުމަށް މެންބަރުން ހޮވުމުގެ އިންތިހާބަށް ދަޢުވަދު ފޮނުވައިފި

July 31, 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާޝަލް ޓީވީ ޗެނަލުން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 05 އޮގޮސްޓްގައި ބޭއްވުމަށް ނިންމައި މި އިންތިޚާބުގައި ވޯޓުލުމަށް ހުރިހާ ޓީވީ ޗެނަލަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދައުވަތު އަރުވައިފިއެވެ.

އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރުންނަށް ރިޕޯޓްހުށަހެޅުމަށް އެންމެ ފަހު ފުރުސަތު ދީފި

July 29, 2013

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ 9 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފާއިތުވި އަހަރުގެ ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރަރުންނަށް ރިޕޯޓް ހުށެހެޅުމަށް އެންމެ ފަހު ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފިއެވެ.

އައި.ސީ.އާރ.ސީން ބާއްވާ ސީނިއަރ އެޑިޓަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

July 28, 2013

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައި.ސީ.އާރ.ސީ) އިން އިންތިޒާމްކޮށްގެން އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ސީނިއަރ އެޑިޓަރސް ކޮންފަރެންސްގައި ބައިވެރިވުމުގު ފުރުސަތު ދިވެހިރާއްޖޭގެ އެޑިޓަރުން/ ސީނިއަރ ޖާރނަލިސްޓުންނަށް ހުޅުވާލައިފިއެވެ.