ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-23/2020)

January 5, 2021

ހުލާސާ: މިއީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން Mendhuru.mv އެވެ ކިޔުނު ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދެމުންދާތީ، އެ ރިޕޯޓު ޗެނަލް 13 އިން ބްރޯޑްކާސްޓްކުރަމުން ގެންދަނީ އެއީ ތެދެއްކަން ކަށަވަރުކޮށްގެންތޯ ބަލައިދެއްވުން އެދި ހުށަހަޅާފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (REV-03/2020_IMCAC-02/2018)

December 30, 2020

މިއީ، ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައި 08 އޮގަސްޓް 2018 ގައި ނިންމާފައިވާ ނަންބަރު IMCAC-02/2018 މައްސަލަ މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-26/2020)

December 22, 2020

މިއީ، ޗެނަލް 13 19 ޖުލައި 2020 ވީ އާދިއްތަ ދުވަހުގެ ރޭ 22:50ގައި ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކަށް ނިސްބަތްކޮށް “ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ހައިކޯޓުގެ  ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ގޮވައިގެން ދެއިރު ދެ ދަޅައަށް ކާރު ދުއްވާ، އެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަޤާމު ދެއްވަން ވެގެން ވަރަން ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ” ކަމަށް ބުނެ ހަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާފައިވާތީ، މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2020)

November 26, 2020

މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ޣަފޫރު ކެވެލި ކޭބަލް ނެޓް ޕްރައިވެޓް ލިމިޓެޑުން ހދ. ނޮޅިވަރަމްގައި ދޭކަމަށް ބުނެފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-14/2020)

November 5, 2020

މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުނގޫދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.