ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-55/2012)

April 9, 2013

30 އޯގަސްޓް 2012ގެ 18:30ން 22:40އާ ދެމެދު ރާއްޖެ ޓީވީގެ ނިއުސް ފީޑްގައި “ރަންގަލި ރިސޯޓްގައި ކާނާ ވިހަވުމުގެ ސަބަބުން ޕެރަލައިޒްވި ބިދޭސީ މީހެއް މަރުވެއްޖެ” މިހެން ލިޔެ ބްރޯޑްކާސްޓްކޮށްފައި ވާކަމަށް ވާތީ، އެއީ ދޮގު މައޫލޫމާތު ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި އެކަމުގައި މާއާފަށް އެދި ރާއްޖެ ޓީވީން ބަޔާނެއް ނެރެދިނުމަށާއި ކޮންރަޑް މޯލްޑިވްސް އަށް ލިޔުމުން މައާފަށް އެދުމަށް ދެންނެވުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CADRC-52/2012)

April 2, 2013

30 އޯގަސްޓް 2012ދުވަހުގެ ރޭ ދަންވަރު 01:27ގައި ރާއްޖެ ޓީވީގެ ޓްރާންސްމިޝަން މެދުކަނޑާލަމުން ޕްރެޒެންޓަރު މަރިޔަމް ދާނިޝް އެ ސްޓޭޝަނުން ކުރިއަށް ގެންދާ ލައިވް ކަވަރޭޖް މެދުކަނޑާލުމަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި އެހެން ކަމުން ލައިވް ކަވަރޭޖް މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުން.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CADR-1/2012)

February 19, 2013

ރާއްޖެ ޓީވީން 13 އޮގަސްޓް 2012 ގެ 2230 ން 00:00އަށް ބްރޯޑްކާސްޓްކުރި އެމް.ޑީ.ޕީ ކަޅު ހުކުރު އިވެންޓްގައި ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1) އަދި 2 ވަނަ ހަމައިގެ (2)އާ ޚިލާފު ކޮންޓެންޓެ ބްރޯޑްކާސްޓްކޮށްފައިވުން.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CADR-2/2012)

February 19, 2013

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއަށް ނުފެތޭ ލަވައެއް ބްރޯޑްކާސްޓްކޮށްފައިވުން.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CADR-4/2012)

February 19, 2013

އެމްޑީޕީ ޤައުމީ މަޖްލިސް ޖަލްސާ ލައިވް ކުރުމުގައި ސަރުކާރު ބަދަލުކުރުމަށް ނިކުތުމަށް ވަޔަލަންސަށް ހިއްވަރުދީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ތޯރިގް ދެއްކެވި ވާހަކަފުޅު ރާއްޖެ ޓީވީން 30 އޯގަސްޓް 2012ގެ 12:40 ން 12:46އަށް ބްރޯޑްކާސްޓްކޮށްފައިވުން.