ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-03/2021)

August 24, 2021

މިއީ، 18 ފެބްރުވަރީ  2021 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ 01:32 މިނެޓުން 01:34 މިނެޓަށް، ދިވެހިރާއްޖޭގެ ޢަދުލު އިންސާފާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ އަދި ޙަޤީޤަތާ ޚިލާފް ވާހަކަތަކެއް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ގެނެސްދީފައިވާ ކަމަށް ބުނެ މި މައްސަލަ ތަޙްޤީގުކޮށްދެއްވައި، މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2021)

July 4, 2021

މިއީ، ޗެނަލް 13ގެ 24 ޖަނަވަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގެ 23:50  ހާއިރު ގެނެސްދީފައިވާ ކޮންޓެންޓްގައި ބޮޑެތި ތުހުމަތުތަކެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުންނަށް ކޮށްފައިވާކަމަށް ފާހަގަކުރެވޭތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި، ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-36/2020)

April 21, 2021

މިއީ، ޗެނަލް 13 ގެ 10 ޑިސެންބަރު 2020 ވަނަ ދުވަހުގެ ރޭ 22:00 ގައި ގެނެސްދިން ހަޖަމް ޕްރޮގްރާމްގައި، ފިއުލް ސަޕްލައި މޯލްޑިވްސް އިން ތަޙްޤީޤް ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ކުންފުނީގެ އަގުވެއްޓޭގޮތަށް ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ އަބުރަށް ހުތުރުވާފަދަ ވާހަކަތަކާއި އަދި މެނޭޖިންގ ޑިރެކްޓަރއަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަ ދައްކާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2020)

April 10, 2021

މިއީ، މިލަންދޫ ފޮޓޯ އިން ށ.މިލަންދޫގައި ލައިސަންސް ނެތި ވީޑިއޯކޯން، އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް އަދި ޑިޖިޓަލް ހެޑްއެންޑް މެދުވެރިކޮށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް ދެމުންދާ ކަމަށް ބުނެ، ޝަކުވާ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-25/2020)

April 1, 2021

މިއީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާފައިނުވާ މީޑިއަމް (އައިޕީޓީވީ) އެއް މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމަށް ބުނެ، އެކަން ބަލާދިނުމަށް އެދި ހުށަހަޅާފައިވާތީ، މި ކޮމިޝާނުން ބަލާފައިވާ މައްސަލައެކެވެ.