ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-11/2020)

November 28, 2021

މިއީ، މިއީ،އެޗް.ޑީ ކޭބަލް ޓީވީއިން އެއަރޓެލް،ވީޑިއޯކޮން،ޑައިލޮގް، އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ހދ.މަކުނުދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-33/2021)

November 28, 2021

މިއީ، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ށ.ގޮއިދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-36/2021)

November 28, 2021

މިއީ، ޗެނަލް ނިއުސް މޯލްޑިވްސް އިން 22 ޖޫން 2021 ގައި ގެނެސްދިން ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ އަޑާއި މަންޒަރު ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ،  ކޮމިޝަނުގެ އިސްނެގުމުގެމަތީން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-37/2021)

November 28, 2021

މިއީ، ޗެނަލް 13 އިން 05 އޮގަސްޓް 2021 ވަނަ ދުވަހު ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓްގައި ޕްރޮސިކިއުޓަރ ޖެނެރަލްއާ ގުޅޭ ގޮތުން ގެނެސްދީފައިވާ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ ވާހަކަ ގެނެސްދީފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-30/2020)

September 13, 2021

މިއީ، ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް ފިޔަވާ، ރީބްރޯޑްކާސްޓްކުރާ އެހެނިހެން އެންމެހާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށްފައިވާ ޗެނަލްތަކަކަށް ވާންވާނެކަމަށާއި، އެ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރަންވާނީ އެ އިދާރާއިން ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށްކަމަށާއި އެ ޗަންލަތައް ގިންތި ކުރެވިފައިވާ ގޮތުގެ މައުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައިން ލިބޭނެގޮތް ރީބްރޯޑްކާސްޓްކުރާ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2019/R-179) ގެ 33 ވަނަ މާއްދާގައި ސަރީޚަކޮށް ބަޔާންކޮށްފައިވާއިރު، މީޑިއާނެޓުން މި ގަވާއިދާ ޚިލާފަށް ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް އިތުބާރުކުރެވޭ ސަރުކާރުގެ އިދާރާއަކުން މައުލޫމާތު ލިބިފައިވާތީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ރަސްމީ ސިފައެއްގައި ބަލާ ތަޙްޤީޤުކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.