December 22, 2015
ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އެ ފައިސާ ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.
November 26, 2015
މާލޭގައި ކުރިއަށްގެންދިއުމަށް ރާވަމުންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ޤައުމީ ސަލާމަތަށް ނުރައްކާވެ، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި އެވެ.
November 4, 2015
ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ މިއަދު އިއުލާނުކުރައްވާފައިވާތީ، ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.
October 4, 2015
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. ތިރީގައިމިވަނީ ދުވަހުގެ މުނާސަބަތުގައި މުޙައްމަދު ޝަހީބު ދެއްވާފައިވާ ޚިޠާބެވެ.
September 29, 2015
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ އިފްތިތާހީ ބައްދަލުވުން 3 އޮކްޓޯބަރު 2013 ގައި ބޭއްވުމަށް ކޮމިޝަނުން ހަމަޖައްސާ ކޮމިޓީގެ މެންބަރުންނަށް ދަޢުވަތު ފޮނުވައިފިއެވެ.