March 19, 2015
ބްރޯޑްކާސްޓްކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން ވަނަން ބޭނުން ނުކުރުމަށާއި ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގެ ހަމަތަކާއި މިންގަނޑުތަކުގެ ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ހަނދާން ކޮށްދީފިއެވެ.
March 18, 2015
ކުރީގެ މަޝްހޫރު ނިއުސް ޕްރެޒެންޓަރ ޙަސަން ނިޒާމު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢުޒިޔާ ކިޔައިފިއެވެ. ތިރީގައި މި ވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ބަޔާނެވެ.
March 9, 2015
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު 8 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ކެފޭއެއްގައި ބައްދަލުކުރެއްވި ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރި ކަމަށް ބުނާ ޚަބަރުގެ މައްސަލަ އާއި، ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން އެ ކޯޓުން ނިންމި ކަމަށް ބުނާ މައްސަލައާ ގުޅިގެން ތިރީގައިވާ ގޮތަށް އަމަލު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
March 5, 2015
އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަނުން (އޭ.ބީ.ޔޫ) އިންތިޒާމް ކޮށްގެން މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި މިމަހުގެ 2 – 6 ބާއްވާ ޑިޖިޓަލް ބްރޯޑްކާސްޓިންގ ސިމްޕޯޒިއަމް 2015ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.
February 25, 2015
ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ކޮމިޝަނުން އެކުލަވާލާފައިވާ އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދާ )ގަވާއިދު ނަންބަރު:2013/R-27) އެއްގޮވާގޮތުގެ މަތީން އެއްވެ އުޅުންތައް ކަވަރުކުރުމުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކާޑުގެ ބޭނުން ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.