April 2, 2014
އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ފާހަގަކޮށްފިއެވެ.
March 29, 2014
ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ދަންނަވައިފިއެވެ. ތިރީގައި މިވަނީ ކޮމިޝަނުން ޓެލެވިޜަން މޯލްޑިވްސް އަށް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ. “ޓެލެވިޜަން މޯލްޑިވްސް އަށް 36 އަހަރު ފުރުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހައި ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޓެލެވިޜަން މޯލްޑިވްސްް އަށް ނުހަނު އިޚުލާސްތެރިކަމާއެކު ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ. ” ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުން […]
March 27, 2014
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ބްރޯޑްކާސްޓަރުންނަށް ހުށެހެޅުމަށް ލާޒިމް ކުރާ ފާއިތުވި ދިޔަ އަހަރު ގެ އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރުން އަންނަ އޭޕްރިލް މަހު 10 ގެ ކުރިން މި ރިޕޯޓް ހުށެހެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.
March 22, 2014
ދި ޓީވީ އަދި ދި އެފް.އެމް ޕްލަސް އިން 21 މާޗް 2014 ވަނަ ދުވަހުގެ 20:00ގެ ހަބަރު ގަޑީގައި ދައްކާފައިވާ “ހުކުރު ދުވަހުގެ ހާއްސަ ރިޕޯޓް” އަކީ ކޯލިޝަން ކެނޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބުތައް ބަޔާންކުރާ ރިޕޯޓެއް ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޝަކުވާ ހުށަހަޅާފައިވާކަމަށް މި ކޮމިޝަނަށް އަންގާފައިވާތީ، މިމައްސަލަ ބަލާ ނިމެންދެން، 23 މާޗް 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގެ ކުރިން “ހުކުރު ދުވަހުގެ ހާއްސަ ރިޕޯޓް” ދިޓީވީ އަދި ދިއެފް.އެމް ޕްލަސްއިން ބްރޯޑްކާސްޓް ނުކުރުމަށް މި ކޮމިޝަނުން އެފަރާތްތަކަށް ވަނީ އަންގާފައެވެ.
March 20, 2014
ރައްޔިތުންގެ މަޖްލިސް އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.