ޚަބަރު


ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

December 15, 2013

ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ އިފްތިތާހުކޮށްފި

December 2, 2013

“ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ”ގެ އިފްތިތާޙީ ބައްދަލުވުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ބާއްވައިފިއެވެ.

ގާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ފަރާތްތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅަން ފަށައިފި

December 2, 2013

ލައިސަންސް ނެތި ގާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައި، އެ ކަން ތަންފީޒުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅަން ފަށައިފި އެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި އެއްގޮތަށް އަހަރީ ރިޕޯޓް ހުށަނާޅާ ދެ ބްރޯޑްކާސްޓަރަކާ މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވައިފި

December 1, 2013

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާއްމު ޝަރުތެއްކަމުގައިވާ ހިނގައިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށެނޭޅުމުގެ ސަބަބުން އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޓީވީ 5 ޕްރައިވެޓް ލިމިޓެޑާއި މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ.

ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް ހަނދާންކޮށްދީ

December 1, 2013

ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގައި ވާގޮތުގެ މަތިން ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.