ޚަބަރު


ރިސޯޓްތަކުގައި ރީބްރޯޑްކާސްޓްކުރާނަމަ ލައިސަންސް ނެގުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި

November 7, 2013

ރިސޯޓްތަކުގައި ރީބްރޯޑްކާސްޓް ކުރާނަމަ ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ވާ ފަދައިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހޯދުމަށްފަހު ޚިދުމަތްދިނުމަށް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފޮޓޯ އާއި އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި

October 31, 2013

އެކިއެކި ފަރާތްތަކުގެ ފޮޓޯ އާއި އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ރިޔާސީ އިންތިހާބު ނިމި، ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައިދެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުލުހުންނަށް ދަންނަވައިފި

October 30, 2013

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމި، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައިދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދަންނަވައިފި އެވެ.

މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އިލްތިމާސް ދަންނަވައިފި

October 29, 2013

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ދަންނަވައިފި އެވެ.

ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ މައްސަލަ ފުލުހުން ތަހްޤީޤު ކުރަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް، ރައީސް އޮފީހުން އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި

October 28, 2013

ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ މައްސަލަ ފުލުހުން ތަހްޤީޤު ކުރަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދެވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި އެވެ.